މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގޮވާލައިފި
ބުރާސްފަތި ދުވަހުގެރޭ ޒުވާނުން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ވަދެގަނެ ޕެޕަރ ސްޕްރޭޖަހާ ޒުވާނުންނަށް އަނިޔާކޮށް ދެ ޒުވާނަކު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދުއަށް އިންސާދު ހޯދުމަށް ގޮވާލާ މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑް ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށެވެ.